ރާއްޖޭގެ އިގުތިސާދު އޮތް ގޮތް ބަދަލު ކުރަން ސަރުކާރުގެ ބޮޑާކަން ދޫކޮށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިފަދައިން ވިދާޅުވެފައި ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
މިދަޑިވަޅުގައި ސަރުކާރުގެ އާރާއި ބާރުގެ ބޮޑާކަން ދޫކޮށް ހަމަ ބިމަށް ތިރިވެ، އިތުރަށް ނިކަމެތިވެ ނުދާނެ ގޮތެއް އެންމެން ގުޅިގެން ހޯދަން މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ނިޒާރުގެ އިތުރުން ގިނަ ބަޔަކު އަންނަނީ ގައުމުގެ ހާލަތު ރައްޔިތުންނަށް ކިޔައިދިނުމަށް ސަރުކާރުގެ ފަރާތުން އެދެމުންނެވެ.
ޚަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އަންނަނީ ބޮޑެތި އިސްރާފްތަކެއް ކުރަމުންނެވެ.