theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހަމަލާގެ ތެރެއިން / ސީ.އެން.އެން
ދުނިޔެ
ސަހްޔޫނީން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
Aminath Zara
އައިމިނަތު ޒާރާ
25 އޯގަސްޓު 2024
މާލެ ސިޓީ

ލުބުނާނުގެ ހިޒްބުﷲ އިން ސަހްޔޫނީންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އެގައުމުން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި ހިޒްބުﷲ އިން އިސްރާއީލަށް ބޮޑުމިސައިލަކާއި ޑްރޯން ހަމަލާއެއްގެ ކުރިން ލުބުނާނުގައި ހިޒްބުاللهގެ އަމާޒަކަށް ޕްރީއެމްޕްޓިވްހަޅުތާލެއް ފެށި ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ހިޒްބުالله އިން ވަނީ ބެއިރޫތުގައި ސަހްޔޫނީންގެ މައްސަލައިގެބަދަލު ހިފުމުގެ ގޮތުން އެ ގައުމަށް ބޮޑު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށްބުނެފައެވެ.

ސަހްޔޫނީންގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެމެރިކާއާއިއެގައުމުން ވަނީ ހިޒްބުالله އިން ހަމަލާ ދޭން ތައްޔާރުވަމުންދާކަން ދައްކުވައިދޭ ޖާސޫސީމައުލޫމާތު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ހަމަލާދޭޑްރޯންތައް ފޮނުވާލައިގެން އެގައުމުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ފުއާދު ޝުކުރުއަވަހާރަކޮށްލި މައްސަލައިގައި ހޮނިހިރު ދުވަހު ފުރަތަމަ ބަދަލު ހިފުން ކަމަށެވެ.

މި ހަމަލާތަކަކީ ޑިފެންސްގެ ގޮތުގައި ދެމުން އަންނަ ހަމަލާތަކެއްގެ ގޮތުގައި އިޒްރޭލުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved