April 5, 2026
Advertisement
ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް
ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް / ރައީސް އޮފިސް

ރައީސް ޔާމީނާ ބެހޭގޮތުން ސުވާލުކުރުމުން، ސަރުކާރުގެ ފަރާތުން ނޯ ކޮމެންޓް

Aishath Naja
އައިޝަތު ނަޖާ
Jan 28, 2024, 11:56 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެކަމުގެ ވަޢުދުވެވަޑައިގެން އައި ސަރުކާރަކުން އެމަނިކުފާނަށް އިންސާފު ހޯދައްވައިނުދެއްވަނީ ކީއްވެގެންތޯ ކުރި ސުވާލަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއްދެއްވާފައިނުވެއެވެ.

Advertisement

އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން ހިއްސާކުރެއްވުމައްޓަކައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެނަލް 13 ގެ ފަރާތުން ސުވާލު ކުރެއްވުމުން އެ ސުވާލަށް އެއްވެސް ޖަވާބެއްދެވެން ނެތްކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު މިތަނަށް އައިސް މިހުއްޓި ހުންނަނީ އަޅުގަނޑަށް ދެއްވި ޓާސްކުގައި ހުރިކަންކަން ކުރަން. އަޅުގަނޑުގެ ފަރުދީ އޮޕީނިއަން ކަންތައްތަކުގައި ދީގެން ކަމަކުނުދާނެ.

ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް

ނާޒިމް އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުން ނޫންކަމަށް ވިދާޅުވެފައިވަނީ ނާޒިމްގެ މަގާމުގައި ހުންނަވައިގެން އެ ސުވާލަށް ޖަވާބުދެވެން ނެތީމަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ކަންކަން ހިއްސާ ކުރެއްވުމަށްޓަކައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަނީ ނާޒިމް އެކަނިކަމުން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބައިވަރު ސުވާލުތަކެއް އަމާޒުކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved