March 9, 2026
Advertisement
ދަރުހެއްގެ ތެރެއިން
ދަރުހެއްގެ ތެރެއިން / ތޭރަ އޮންލައިން

‎ ޒަކާތު ހައުސްއިން މުދަލު ޒަކާތަށް ޚާއްސަ ދަރުހެއް ބާއްވަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 25, 2024, 08:32 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މުދަލު ޒަކާތަށް ޚާއްސަ ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Advertisement

މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ ރޭ 20:30 ން 22:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ޒަކާތު ދަރުސް ދެއްވާނީ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ. ދަރުހުގެ މައުޟޫޢުއެއްކަމަށް ކަނޑައަޅާފައިވަނީ "ޒަކާތް: މުދާ ޠާހިރުކޮށް ބަރަކާތް އިތުރުކޮށްދޭ" މި މައުޟޫޢުއަށެވެ. މި ދަރުހުގެ ޒަކާތުގެ ޙުކުމްތަކާއި، އިސްލާމީ ހަޟާރާތު ފެށިގެން އައި އިރު ޒަކާތުގެ ނިޒާމް އަދާކުރި ދައުރާއި، ޒަކާތުގެ ނިޒާމުން އިޤްތިޞާދަށް ކުރާ ފައިދާތަކަށް އަލި އަޅުވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތްތަކާއި ނެރެންޖެހޭގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ޒަކާތާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަމުންދާ "ޒަކާތު އެވެއަރނަސް ޕްރޮގްރާމް" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް ދަރިވަރުން އަދި ޢާންމު ފަރުދުންނަށް މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އިފްތިތާޙު ކުރެވުނުފަހުން ޒަކާތަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved