March 9, 2026
Advertisement
އިމިގްރޭޝަން އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަން އޮޕަރޭޝަންގެ ތެރެއިން / އިމިގްރޭޝަން

ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިލާފަށް ހިންގަމުންދިޔަ 6 ކެފޭއެއް ބަންދުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 26, 2024, 04:56 AM
މާލެ ސިޓީ

ބިދޭސީން ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިލާފަށް ހިންގަމުންދިޔަ 6 ކެފޭ ބަންދުކޮށްފި އެވެ.

Advertisement

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކު ފޯސް އިން ވަނީ 2024 އޮގަސްޓު 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އޮަޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންނާއި އެކޮނޮމިކް މިނިސްޓްރީގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެޗްޕީއޭއިން ވަނީ ބައިވެރިވެފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާތަކުގެ އެހީގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ 06 ތަނެއް ބަންދުކުރުމަށް ވަނީ ނޯޓިސްދީފައި ކަމަށެވެ.

އަދި ސައްހަ ވިސާއެއް ނެތި މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 04 ބިދޭސީއެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިކަންވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved