March 9, 2026
Advertisement
ޕްރޮގްރާމްގެ ތެރެއިން
ޕްރޮގްރާމްގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް މިހާތަނަށް 157 އިމާމުން ފުރިހަމަކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 12:46 AM
މާލެ ސިޓީ

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް މިހާތަނަށް 157 އިމާމުން ފުރިހަމަކޮށްފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓު ހާސިލްކޮށްފައިވާ ކަމަށެވެ. އެ ސެޓްފިކެޓް ދިނުމުގެ ޖަލްސާ އޮތީ އޮންލައިންކޮށް މިނިސްޓްރީގައި ކަމަށެވެ.

އެ ތަމްރީނު ޕްރޮގުރާމުގެ ކުރިއަށް ގެންގޮސްފައިވަނީ ވ އަދި މ އަތޮޅުގެ އިމާމުންނަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގުރާމުގެ މިހާތަނަށް 157 އިމާމުން ބައިވެރި ޕްރޮގުރާމު ނިންމާ ސެޓްފިކެޓު ހާސިލްކޮށްފައިވާ ކަމަށެވެ.

އިމާމުން ތަމްރީންކުރުން ނުވަތަ ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށް މިނިސްޓްރީއިން ބުނެއެވެ. އެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ ޕްރޮގުރާމްގައި ޖުމްލަ ނުވަ މާއްދާ ކިޔަވާދީފައިވާ ކަމަށެވެ.

އެގޮތުން، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އެ ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރު ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved