March 9, 2026
Advertisement
ބިދޭސީން ކައްކަމުން ދިޔަ ތަން
ބިދޭސީން ކައްކަމުން ދިޔަ ތަން / އިމިގްރޭޝަން

ސާފުތާހިރުކަމެއް ނެތި ކައްކަމުން ދިޔަ ތަނަކުން 15 ބިދޭސީން ހައްޔަރުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 12:47 AM
މާލެ ސިޓީ

މާލޭގައި ސާފުތާހިރުކަމެއް ނެތި ކައްކަމުން ދިޔަ ތަނަކުން 15 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއާއި ގުޅިގެން ހޮނިހިރު ދުވަހު ހ.ބިއަންކާ، ބަލައި ފާސްކޮށްފައިވާނެ ކަަމަށެވެ.

އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެެއެވެ.

ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ކުރަމުންދާ ޓާސްކް ފޯސްގައި އިމިގްރޭޝަން އާއި ފުލުހުންގެ އިތުުރުން ސިއްހީ ވުޒާރާ އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާވެސް ހިމެނެއެވެ.

މި ރެއިޑުގައި ވެސް ހުރިހާ އިދާރާއެއް ވަނީ ބައިވެރިވެފައެވެ. އަދި މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.

އިމިގްރޭޝަނުން މި ރެއިޑް ކުރިއަށް ދިޔަ ތަނުގައި ރިހަތަކެއް ކައްކަމުންދާ ފޮޓޯތަކެއް އާއްމުކޮށްފައި ވެއެވެ. އަދި ސާފުތާހިރު ނޫން ކޮށް ހުރި ފާހަނައެއްވެސް ދައްކާލާފައިވާއިރު، ސިންކުވެސް ހުރީ ވަރަށް ހަޑިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.

އިމިގްރޭޝަނުން ކުރިއަށްދާ ރެއިޑްތަކުގައި ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި އުފައްދާ ތަންތަން ވަރަށް ބޮޑަށް ފާހަގަވަމުން ދެއެވެ. އަދި އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކަންކަންވެސް ކުރަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved