March 23, 2026
Advertisement
ޖަލްސާގެ ތެރެއިން
ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

އިންސާފު ގާއިމުކުރުމަށް ވަކާލާތުކުރާ ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީން ގުރުބާން ކުރުމަށްފަހު: ޕާޕާ

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 03:38 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި އަދުލު އިންސާފާއި ހަމަހަމަ ކަން ގާއިމު ކުރުމަށް ވަކާލާތުކުރަމުން ވެރި ކަމަށް އައި މީހުން ވެރިކަމަށް އައީ ކިހިނެއްތޯ ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް (ޕާޕާ) ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޕާޕާ ވިދާޅުވީ 2016 ވަނަ އަހަރު ރައީސް ޔާމީން އަވަހާރަކޮށްލުމަށް ދިން ލޯންޗް ހަމަލާގައި ތަހުގީގީ އިދާރާތަކުގެ ބޭފުޅުން ހާމަވެފައިވާ ކަމަށާއި ކަން މިހެން ހުރި އިރު ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދޭނެ ކަމަށް އިތުބާރެއް ނުކުރާނެ ކަމަށް ޕާޕާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕާޕާގެ ވާހަކައިގައި ދިވެހި ފުލުހުންގެ އިދާރާއިން މި ހަމަލާގައި ބައިވެރިކަމަށް އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން، އަލީ ރަޝީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއީލް ފަރީދު އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒުގެ ނަން ހާމަކުރެއްވިއެވެ.

ފުލުހުންގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަންސް އިން އެ ފަރާތްތަކުން އިތުބާރުކުރެވޭ ފުލުހުންނާއި ރައީސް ޔާމީން ދަން ޖައްސާ މަރުވި ކަމަށް ފްރޭމް ކުރުމަށްވެސް ހަވާލުކުރި ކަމަށް ޕާޕާ ވިދާޅުވިއެވެ.

މިއާއި އެކު، މި ފަރާތްތަކާއި މިހާރުގެ ރައީސް ޑރ މުއިއްޒު ދެކެވިފައިވާ ވާހަކަތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓަށްވެސް ޕާޕާގެ ވާހަކައިގައި އަލިއަޅުވާލާފައިވެއެވެ.

އެހެންކަމުން، ރާއްޖޭގައި ހިނގާފައިވާ ގޮތް ނޭގޭ މަރުތަކާއި އަދި އެ ނޫންވެސް ރައީސުންނަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާތަކުގެ ފުރިހަމަ ތަހުގީގެއް ހިންގޭނެ ކަމާއި މެދު ޝައްކު ކަމަށް ޕާޕާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved