March 17, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ގައުމުގެ ހައްގުގައޭ ވިދާޅުވެ މުއިއްޒު ގެންދަވަނީ ބޮޑެތި މުޖުރިމުން ކައިރިކުރަމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 27, 2024, 03:56 AM
މާލެ ސިޓީ

ގައުމުގެ ހައްގުގައޭ ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ބޮޑެތި މުޖުރިމުން ކައިރިކުރަމުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓު އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަ ފްރޮންޓު އޮފީހުގައި ކުރިއަށް ދާ ޖަލްސާގައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ތިލަ ކުރި ފޮރެންސިކު ރިޕޯޓުގެ ބާކީ ބަޔާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޚުވީ، ރައީސް މުއިއްޒު ވަށާ ލައިގެން ތިބީ ބޮޑެތި ކުށްވެރިން ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީ ފައިސާ ލިބުނު އަދުރޭއާ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިޅި ކޯޓުން ނެރުނުގެ އަމުރުގެ ފަހަތުގައި ހުރިކަން ސާބިތުވެ ހުކުމް ކުރި މިހާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓު މުހުތާޛު މުހުސިންގެ ވާހަކަވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މުހުތާޛުއަކީ ޖިނާއީ ބޮޑެތިކުށްތަކެއް ސާބިތުވެ ހުކުމް އައިސްފައިވާ މީހެއް ކަމަށާ އެފަދަ މީހަކު އެންމެ އަރިސްކޮށް ގެެނެސް ރައީސް އޮފީހުން މަގާމުދީ އޭގެ ފަހުން ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވާއިރު، މުހުތާޛުއަށް ސަރުކާރުގެ މަގާމެއްގައި ހުރެވޭ ހުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މުހުތާޛު ސަރުކާރަށް ލައިގެން ރައީސް މުއިއްޒު އުޅުއްވަނީ ޖިނާއީ ކުށްތަކެއް ކުރަންތޯ އައްސަވާ ރައީސް ޔާމީން ވަނި ސުވާލެއްވެސް ސަރުކާރަށް އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved