March 9, 2026
Advertisement
ޑީޕޯޓްކޮށްފައިވާ ބިދޭސީން
ޑީޕޯޓްކޮށްފައިވާ ބިދޭސީން / އިމިގްރޭޝަން

ހަށިވިއްކުމުގެ ވިޔަފާރީގެ މައްސަލައަކާއި ގުޅިގެން 04 ބިދޭސީއެއް ޑީޕޯޓް ކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 11:55 PM
މާލެ ސިޓީ

އިމިގްރޭޝަނުން އިސްވެ ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހައްޔަރުކުރަމުންދާ އޮޕަރޭޝަންގައި ހަށިވިއްކުމުގެ ވިޔަފާރީގެ މައްސަލައަކާއި ގުޅިގެން 04 ބިދޭސީއެއް ޑީޕޯޓް ކޮށްފިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

Advertisement

މިގޮތުން، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންނާއި ގުޅިގެން ފުލުހުންގެގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވެއެވެ.

އަދި މިކަމުގައި ޝާމިލްވާ ބިދޭސީ 03 އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނާއި އަދި ގަވާއިދާއި ޚިލާފަށް ބިދޭސީން ގެންނަ މައްސަލަތައް ވަރަށް ގާތުން ބަލާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ބުރަ މަސައްކަތްތައް ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved