March 10, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ކުރީ ސަރުކާރުން ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރި މަސްދަޅުތައް މި ސަރުކާރުން އަދިވެސް ނުފޮނުވާ!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2024, 06:38 PM
މާލެ ސިޓީ

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިވެހިސަރުކާރުގެ ފަރާތުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ނިމިދިޔަ ސަރުކާރުގައި ނިންމާފައި އޮތްނަމަވެސް، އަދިވެސް އެ މަސްދަޅުތައް ހަވާލު ނުކުރެވޭކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ، މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތުންނެވެ. އެގޮތުން ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ އެހީ އަދިވެސް ފޮނުވިފައި ނުވާ ކަމަށާއި، އެހީ ފޮނުވިފައި ނުވަނީ ފަލަސްތީނަށް އެހީ ވެއްދުމުގައި ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޮނުވުމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް އެކަން ވިލަރެސް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޙާލުގައި ޖެހެމުންދާތީ ދިވެހި ސަރުކާރުން އެކަމަށް އަވަސް އެހީއެއް ވުމުގެ ގޮތުންނެވެ.

ވެރިކަން ބަދަލުވެ މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވާ ކުރައްވާފައިވަނީ ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ބޭނުންވާ ފައިސާ މިފްކޯއަށް ދައްކައި، އެ ފޮނުވުމަށް ބޭނުންވާ ފްރައިޓް ޗާރޖުވެސް ދައްކައި، ފޮނުވުމުގެ މަރުޙަލާގައި ވަނިކޮށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އެ މަސްދަޅުތައް އިންތިޚާބުގެ ބޭނުމަށް ބަހާފައިވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved