May 16, 2026
Advertisement
3 ރައީސުންގެ އެއްބަސްވުން، ގައުމު ހަމަ މަގަށް އެޅުވުން!
3 ރައީސުންގެ އެއްބަސްވުން، ގައުމު ހަމަ މަގަށް އެޅުވުން! / ސަން އޮންލައިން

3 ރައީސުންގެ އެއްބަސްވުން، ގައުމު ހަމަ މަގަށް އެޅުވުން!

May 16, 2026, 02:26 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާތީ ކުރީގެ ރައީސުން ކަމުގައިވާ ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު އެކުގައި މަސައްކަތްކުރަން ނިންމަވާ ބަޔާނެއް ނެރެފިއެވެ.

Advertisement

ތިން ބޭފުޅުންގެ މަޗްވަރާ ބައްދަލުވުމަށް ފަހު ހުކުރު ދުވަހުގެރޭގެ ވަގުތެއް ނެރުނު ބަޔާނުގައި ވަނީ، މި ސަރުކާރުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން

ނޫސްވެރިން ޖަލަށް ލުން

ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލުން

ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވުން

ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދުން

ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލުން

ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިޔުން.

 "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ދައުވާކޮށް އަދި ސުވަލެއް ކޮށްގެންނާ ޚަބަރެއް ލިޔެގެން އެ ނުހުގެ ދެ ނުސްވެރިއަކު ޖަލަށްވެސް ލާފައިވާތީ، ތިން ރައީސުން ވަނީ،  މިހާރުން މިހާރަށް ދެ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ. އެ ދެކަމަކީ:

ޖަލަށް ލާފައި ތިބި ދެ ނޫސްވެރިންނާއި އެކަމުގައި އަޑުއުފުލައިގެން ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުން

ނޫސްވެރިންގެ މައްޗަށް ހިންގާ ގައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުން.

ތިން ރައީސުންނަކީ ސިޔާސި ގޮތުން އައިޑިއޮލޮޖީ ވަރަށް ތަފާތު ތިން ބޭފުޅުންކަމުން އެކުގައި ގައުމމު ހަމަމަގަށް އަޅވަން ކުރާ މަސައްކަތުގެ ނިޔަތާ މެދު އެތައް ބަޔަކު ސުވާލު އުފައްދަމުންދާތީ ތިން ބޭފުޅުން ވަނީ، އެކުގައި މަސައްކަތްކުރަން ނިންމީ ގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved