May 18, 2026
Advertisement
"ގައުމީ ނިދާ"، 3 ރައީސުންގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
"ގައުމީ ނިދާ"، 3 ރައީސުންގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި / ސޯޝަލް މީޑިއާ

"ގައުމީ ނިދާ"، 3 ރައީސުންގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

May 18, 2026, 02:09 PM
މާލެ ސިޓީ

ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ގުޅިގެން ނޫސްވެރިންނާ އަދި ޚިޔާލުފާޅުކުރުމުގެ ހައްގު އަނބުރާ އިޔާދަ ކުރަން ކުރާ މަސައްކަތުގެ ތެރެއިން އެކުލަވާލި މަންދޫބުންގެ ކޮމިޓިގެ ފުރަތަމަ ބައްދަލުވުން ކާމިޔާބުކަމާ އެކު ބާއްވައިފިއެވެ.

Advertisement

މަންހައްޓަން ބިޒްސް ހޮޓެލުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު މަންދޫބުންގެ ޓީމުން ވަނީ ކުރު ބްރީފިންއެއް ދީފައެވެ. އެގޮތުން ހޯމަ ދުވަހު އެ ކޮމިޓީގައި ކުރިއަށް ދިޔަ މަޝްްވަރާތަކަށް ފަހު ގައުމު މިހާރު ދާ މިސްރާބު ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތްތައް އެއްކޮށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް، ރައީސް ނަޝީދު ޔަމްސީލު ކުރައްވާ އެއް މެމްބަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެއެވެ.

ބައްދަލުވުމުގައި ދެން ކުރިއަށްދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށާ، ގުޅިގެން ހަރަކާތްތައް ބާއްވާާނެ ގޮތުގެ ތަފްސީލު ދުވަހުން ދުވަހަށް މީޑިއާތަކަށް ދެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަފްތާގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައި ވާާ ކަމަށް އެ ކޮމިޓީއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved