March 22, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

އަދުރޭއަށް ރަން ފަރުބަދައެއް ހަވާލުކުރިޔަސް 5 އަހަރުގެ ތެރޭގައި ވަސްވެސް ފިލުވާލާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2024, 06:52 PM
މާލެ ސިޓީ

މަޖިލިސް ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) އަކި ފައިސާއަށް ހިޔާނާތްތެރިވާނެ މީހެއްގެ ގޮތުގައި، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދުރޭއަށް ރަން ފަރުބަދައެއް ހަވާލުކުރިޔަސް 5 އަހަރު ދުވަހުތެރޭ އެހިސާބުގަވެސް ރަނުގެ ވަސްވެސް ނިޝާނެއްެވެސް ނުބަހައްޓާނެކަމަށެވެ.

މީގެ އިތުރުން ދިވެހިންނަށް އަދުރޭ ނޯޅޭކަމަށް ވިދޅާުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނި އަދުރޭގެ ވައްކަމުގެ ސިލްސިލާ ފެއްޓީ ޓިނުން ކަމަށެވެ. އަދި ތިމަންނާ އަކީ ޖާހިލަކަސް މިހާރު ތިމަންނާޔަކީ މަޖިލިސް ރައީސް ނޫންހެއްޔޭ ބުނެ އަދުރޭ ބައިސާ ކަނޑަމުންދާއިރު އަދުރޭއަށް ބ އަތޮޅު ކަމަދޫ މީހުން ކިޔައި އުޅެނީ ހުނިގޮނޑި ރައީސް އޭ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އަދުރޭ ގެންދަނި އޭނާއަކީ މޮޅު މީހެއް ކަމަށް ބުނެ މެޑަލް ޖަހަމުންނެވެ. އަދި އޭނާއަކީ ނުކިޔަވާ ހުރި މީހެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދިއުމަށް އޭނާ ދަނީ އަދަބު ކުޑަކޮށް ރައްޔިތުންނާ ޖަދަލު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved