March 22, 2026
Advertisement
ޕީއެންސީގެ ވެރިން
ޕީއެންސީގެ ވެރިން / ސޯޝަލް މީޑިއާ

މުވައްޒަފުން މަދުކުރުމާ ގުޅޭ ސުވާލަށް ޖަވާބެއް ނުދެއްވާ އަދުރޭގެ ރުޅިގަނޑު ފަޅައިގެން ގޮސްފި

Aishath Naja
އައިޝަތު ނަޖާ
Aug 28, 2024, 10:59 PM
މާލެ ސިޓީ

ޕީއެންސީން ކުރިން ވައުދުވެފައިވާ ގޮތައް މުވައްޒަފުން މަދު ނުކުރަނީ ކީއްވެތޯ އެ ޕާޓީގެ ވެރިންނާ ކުރި ސުވާލަކަށް ޖަވާބު ނުދީ ސުވާލުކުރުމުން ޖަވާބު ނުދެއްވައި އެހެން ވާހަކަތަކެއް ދައްކަވައިފިއެވެ.

Advertisement

މިކަން ހިނގާފައި ވަނީ ޕީއެންސީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޕީއެންސީގެ ޗެއާރ ޕާސަން އަދި މަޖިލިސް ރައީސް އަދުރޭ ވަނީ ޖަވާބު ނުދީ އެހެން ވާހަކައެއް ދެއްކުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާ ހަވާލުކޮށްފައެވެ.

މުވައްޒަފުން މަދުކުރުމާ ގުޅޭ ސުވާލަށް ފަހުން އަދުރޭ ވިދާޅުވީ އެމަނިކުފާނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވާތީ ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމަކީ އެމަނިކުފާނުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ.

އަދި ޕީއެންސީން ކުރިން 700 މުވައްޒަފުންގެ އިތުރުން މުވައްޒަފުން ނުބައިތިއްބާނެ ކަމަށް ބުނި ބުނުމަށް ޖަވާބު ދެއްވާފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved