March 9, 2026
Advertisement
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް / ސޯޝަލް މީޑިއާ

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރެއިން ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން އަރުވައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 29, 2024, 04:53 PM
މާލެ ސިޓީ

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން އަރުވައިފިއެވެ.

Advertisement

މިގޮތުން މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ. އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫޢު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައިމިވަނީ ވަރަށް ހާއްސަ ޙާފިޡެއްކަމަށާއި، އަލްޙާފިޡް އަލީ ރަޢީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡެއްްކަމަށެވެ. އަދި މިކަމަށްޓަކައި ރަޢީފްއަށާއި ރަޢީފްގެ މައިންބަފައިންނަށް ތަޙުނިޔާއާއި މަރުޙަބާ ދަންނަވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ.

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved