March 28, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި
ރައީސް ޔާމީން ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ!

Aishath Naja
އައިޝަތު ނަޖާ
Aug 29, 2024, 04:52 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

Advertisement

ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

އަދި ރައްޔިތުންނަށް ދިމާވަމުން އަންނަ ގޮން ޖެހުންތައް ފާހަގަކޮށް، ސަރުކާރު މެދުވެރިކޮށް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ރައްޔިތުންގެ ނަމުގައި ރައީސް ޔާމީން އިސްވެހުރެ ވަކާލާތު ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

ފްރޮންޓް އޮފީސް ޖަލްސާ އޮންނާނީ ހ.ދޫވެހި ފުރަތަމަ ފަންގިފިލާގައި ހުންނަ ދަ ފްރޮންޓް އޮފީހުގައި 20:45 ގައި ކަމަށް ޕީއެންއެފް އިން ވަނީ ބުނެފައެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ރައްޔިތުން ގައުމުގެ ކަންކަމަށް ހޭލުންތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved