May 27, 2026
Advertisement
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް / ސޯޝަލް މީޑިއާ

ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 30, 2024, 02:07 AM
މާލެ ސިޓީ

ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

Advertisement

މިކަން އިޢުލާން ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިކަމަކީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ފައްޓަވާކަމެއްކަމަށެވެ. މިކަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ތިލާވަތު މެހެފިލްގައި ޒުވާން ކުޅަދާން ޤާރީން ފެނިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މިނިސްޓަރ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޙާއްސަ އާ އިމާރާތެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved