March 19, 2026
Advertisement
އައްސަދު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ.
އައްސަދު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ. / ތޭރަ އޮންލައިން

ގާނޫނު އަސާސީގައި ދީފައި އޮންނަ ބާރުތަކުގެ ބޭނުން ހިފަންވާނީ ގާނޫނީ އިމުގެ ތެރެއިން: އައްސަދު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2024, 03:02 AM
މާލެ ސިޓީ

ގާނޫނު އަސާސީގައި ދީފައި އޮންނަ ބާރުތަކުގެ ބޭނުން ހިފަންވާނީ ގާނޫނީ އިމުގެ ތެރެއިންކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއިން މަޖިލިހަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަލްއުސްތާޛު އައްސަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީންގެ ޕާޓީއިން، މަޖިލީހުގެ މައްޗަން ގޯޅީ އުތުރު ދާއިރާއަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އައްސަދު މިފަދައިން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައްސަދު ވިދާޅުވީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަން ބައްޓަން ކުރާ ގައުމެއްގައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމަކީ އޮންނަން ޖެހޭ ކަމެއް ނަމަވެސް އެއް ބާރުން އަނެއް ބާރުގެ އިން ހުރަސްކޮށްގެން ނުވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ދީފައި އޮންނަ ބާރުތަކުގެ ބޭނުން ހިފަންވާނީ ގާނޫނީ އިމުގެ ތެރެއިން. މަޖިލީހުގައި ވިޔަސް މާރާ މާރީ ހިންގާނަމަ އެކަން ބެލެން ޖެހޭނެ. ފުލުހުން މިއަދު ޖަވާބު ދޭން ޖެހޭ މިކަމުގައި.

އައްސަދު

އައްސަދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ނިޒާމުތައް ފެއިލްވެފައިވާކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށާ އޭގެ ސަބަބަކީ ދެ މަސް ދުވަސް ވެގެން ދިޔައިރު އެ މުއްދަތުގައި ފުއްދާ ދޭނެކަމަށް ވީ ވައުދުތައް ފުނި ޖެހިފައި ހުރި ހުރުން ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މި ވެރިކަމަކީ ރައްޔިތުން ރައީސް ޔާމީންއަށް ދިން ވެރިކަމެއް ކަމަށާ އެހެންކަމުން ރައީސް ޔާމީން މިނިވަންނުކޮށް ގައުމުގެ ކަންކަން ހަމަ މަގަށް ނޭޅުވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved