March 22, 2026
Advertisement
ޝާހު
ޝާހު / ތޭރަ އޮންލައިން

އަދުރޭ މި ސަރުކާރާ ދެކޮޅަށް ބަގާވާތްކުރުމުގެ ވިސްނުން އެބަ ގެންގުޅޭ: ޝާހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 30, 2024, 02:53 AM
މާލެ ސިޓީ

މަޖިލިސް ރައީސް، އަދި ޕީއެންސީގެ ޗެއަރޕާސަންގެ މަގާމުގައި ހުރި އަދުރޭގެ ބައިވެރިވުން އޮތް މި ސަރުކާރާ ދެކޮޅަށް ބަގާވާތްކުރުމުގެ ވިސްނުން އޭނާގެ އެބަހުރި ކަމަށް ގަނޫނީ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

Advertisement

ޝާހު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ، އަދުރޭ ގެންދަވަނީ ސަރުކާރު ދެމެހެެްޓެމުގެ ނަމުގައި ސަރުކާރު ފަލީހަތްކޮށް ރައީސް މުހައްމަދު މުއިއްޒުވެސް ފަލީހަތް ކުރަމުން ކަމަށެވެ.

އެގޮތުން މިހާރު އަދުރޭގެ ސިކުނޑީގައި އުނިކަމެެއް ހުރި ފަދަ ކަންކަން ހާމަވަމުން ދާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އަދުގެ ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ހެޔޮ ނިޔަތް ނެތްކަމަށް މަންޒަރުތަކުން ދޭހަވާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމެއް ފުރޮޅާލަން ރައީސް އޮފީހުގައި ތިބި ވަޒީރުންނާ ރައީސް މުއިއްޒު އުޅުއްވިކަން ހާމަވަނީ ކެބިނެޓުގެ ވަޒީރުންގެ އިއުތިރާފުން ކަމަށެވެ.

ނަމަވެސް ތެދުވެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ނަމަ ވެރިކަމުގެ ބާރުތައްގެ ޗެކް އެންޑް ބެލެންސް ގެންގުޅެންވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved