March 22, 2026
Advertisement
އަދުރޭ އަދި މިނިސްޓަރ މުއްޠަލިބް
އަދުރޭ އަދި މިނިސްޓަރ މުއްޠަލިބް / ތޭރަގްރެފިކްސް

ސިނަމާލެ ބުރިޖުން އެއް ލޭނު މަދުކަމަށް އަދުރޭ ބުނުމުން، ކޮންސްޓްރަކްޝަން މިނިސްޓަރ މުއްޠަލިބް އެކަން ދޮގުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 30, 2024, 04:30 AM
މާލެ ސިޓީ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޭރުގެ ހައުސިންގ މިނިސްޓަރ އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކީރިތިކުރައްވަންދެން ބަވާލިކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން، ބުރިޖުން އެއްވެސް އިރެއްގައި ލޭނެއް މަދުވެފައި ނުވާކަން މިހާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓާރ އަބްދުﷲ މުއްޠަލިބްގެ ވާހަކައިން ހާމަވެެއްޖެ އެވެ.

Advertisement

ދާދި ފަހުން ސަންގު ޓީވީ އަށް އަރައި އަދުރޭ ވަނީ ސިނަމާލެ ބުރިޖުން އެއް ލޭނު މަދުވެގެން ޑރ މުއިއްޒު ކީރިތިކުރައްވަންދެން، ރައީސް ޔާމީން ބަވާލިކަމަށް ވިދާޅުވެފައެވެ.

އަދުރޭ އެފަދައިން ވިދާޅުވި ފަހުން މިނިސްޓަރު މުއްޠަލިބް ވަނީ އެކްސްގައި މީގެ 8 އަހަރު ކުރިން ރައީސް އޮފީހުގެ ވެބްސައިޓްގައި އޭރު އަޕްލޯޑްކޮށްފައިވާ ސިނަމާލެ ބްރިޖްގެ ޑިޒައިން އިފްތިތާހު ކުރި ވީޑިޔޯ ހިއްސާކޮށް، އެ ވީޑިޔޯ އިން ޑިޒައިންގައި ހުރީ ކިތައް ލޭންތޯ އާއި އިނިޝިއަލް ޑިޒައިނާ ތަފާތު ކޮށް ހަދާފައި ހުރިތޯ އަމިއްލައަށް ބެލުމަށް ވިދާޅުވެފައެވެ.

އެެހެންކަމުން މިނިސްޓަރ މުއްޠަލިބްގެ ވާހަކައިން ދޭހަވަނީ އަދުރޭ ހެއްދެވީ ދޮގުކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved