އަލީ ޝާހް / ތޭރަ އޮންލައިން
ސިޔާސީ
މި ސަރުކާރުން ކުރާ ކަންތައްތަކަކީ ރައްޔިތުން ދެކެ ލޯބިން ކޮށްދޭ ކަންތައްތަކެއް ނޫން: ޝާހް
Aminath Zara
އައިމިނަތު ޒާރާ
30 އޯގަސްޓު 2024
މާލެ ސިޓީ

މި ސަރުކާރުގެ ކޮންމެ ކަމަކަށް ބަލާލިއަސް ފެންނަމުން ދަނީ އާދަޔާ ޚިލާފު ނުރަނގަޅު ކަންތައް ކަމަށް ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން، މިހާރު ފެންނަމުންދަނީ ނިޒާމާއި ބީރައްޓެހި އާދަތަކާއި، ވައްކަމާއި ކޮރަޕްޝަން އަށް މަގުފަހުވާ ފަދަ ކަންތައްތަކެއް ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. ކޮންމެ ދުވަހަކު ހެޑްލައިންތަކުން ފެނިގެންދަނީ މިފަދަ ކަންތައްތަކަށް ސަރުކާރުން ސިޔާސަތުތައް ބައްޓަންކޮށް ސޮއްސާލަމުންދާ މަންޒަރެވެ.

މިކަންކަމުން ދޭހަވެގެން ދަނީ ސަރުކާރުގެ ތެދުވެރި ޚާލިސް ނިޔަތެއް ނެތްކަމެވެ. އަދި ރައްޔިތުންނަށް ފޮނި މީރުކަން އިހުސާސްވާ އެއްވެސް ކަމެއް ސަރުކާރުން މިހާތަނަށް ކޮށްފައިނުވާ ކަމަށްވެސް ޝާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަޖިލިސް އިންތިޚާބާއި ދިމާކޮށް ބޮޑެތި މަޝްރޫއުތައް ހިންގާނެ ކަމަށް ބުނެ އެކި ރަށްތަކަށް ވަޑައިގެން ޑރ މުއިއްޒު ދޮގު ވައުދުތައް ވެވަޑައިގެން ރައްޔިތުންގެ ލޮލޮގައި އަދުން އަޅުވާ ވެރިކަން ލިބުމުން އެ މަޝްރޫއުތަކުގެ އެއްވެސް ވާހަކައެއް މިހާރު ނުދައްކަވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ވެރިކަމަށް 10 މަސް ވެގެން ދިޔަ އިރު ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް މުއިއްޒު ވައްޓާލާފައިވާ ކަމަށް ޝާހު ސިފަކުރެއްވިއެވެ. މިގޮތުން އެކި ގޮތްގޮތުން ރައްޔިތުން ހާލުގައި ޖައްސާ ވަނީ ނިކަމެތިކޮށް، ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

މި ސަރުކާރު ގެންނަން މަސައްކަތްކޮށް ވޯޓު ދެއްވި އެންމެހާ ރައްޔިތުން އެކަމާ މިހާރު ދެރަވެ ކަންބޮޑުވާކަން މީސްމީޑިޔާގެ ތެރެއިން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved