March 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ބުރިޖުގެ ލޭނެއް މަދުވި ވާހަކަ ދައްކައިގެން އަދުރޭ މަސައްކަތް ކުރީ މުއިއްޒުގެ ޝަހްސު ކަތިލަން: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 31, 2024, 02:58 PM
މާލެ ސިޓީ

ޗައިނާ-މޯލްޑިވްސް ބްރިޖް ނުވަތަ ސިނަމާލޭ ބުރިޖުން ލޭނެއް މަދުވި ވާހަކަ ފެންމަތިކޮށްގެން މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާރ ޕާސަން އަބްދުއްރަހީމް (އަދުރޭ) މަސައްކަތް ކުރެއްވީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޝަހްސު ކަތިލުމަށް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ދާދި ފަހުން ސަންގު ޓީވީ އަށް އަރައި އަދުރޭ ވަނީ ސިނަމާލެ ބްރިޖުން ލޭނެއް މަދުވެގެން ރައީސް ޔާމީން އަބްދުލްގައްޔޫމް ޑރ މުއިއްޒު ކީރިތިކުރައްވަންދެން ބަވާލިކަމަށް ބުނެފައެވެ.

މި ވާހަކައިގެ ހަގީގަތް ރައީސް ޔާމީން ވެސް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ހާމަކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ބްރިޖުން ލޭނެއް މަދުވި ނަމަ ރައީސް މުއިއްޒު މަގާމުން ވަކިކޮށް ދައުވާ ކުރާކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ދޭހަވަނީ ބްރިޖުން ލޭނެއް މަދު ނުވާކަމެވެ. އަދި އަދުރޭ ދެއްކެވީ ހަގީގަތާ ހިލާފް ވާހަކަތަކެއްކަމެވެ.

މި ވާހަކަތާ ގުޅިގެން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބުރިޖުގެ ލޭނެއް ވަގަށް ނެންގެވި ވާހަކަޔާ ކުޑަކުއްޖެއްހެން މުއިއްޒު ރުއި ވާހަކަ އަދުރޭ އެ ދެއްކެވީ ސީދާ ހިސާބުޖަހާފަ ރައީސް މުއިއްޒުގެ އަގު ވައްޓާލާ ޝަހްސު ކަތިލަންކަމަށެވެ.

ރައީސް މުއިއްޒުގެ ގޮނޑިކޮޅަށް އަދުރޭ ލޯ އަޅާކަމަށް ތުހުމަތުކޮށް މަލީހް ވަނީ މިއަދު މުޅި ގައުމުގައި އޮތީ ކާލި '"ލޭނުގެ" ވާހަކަ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved