ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް މިގައުމުގައި ކަމެއް ހިނގާކަން އެނގިވަޑައިގަންނަވާނީ 7 ނުވަތަ 8 ގަޑިއިރު ފަހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައި ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެމައްސަލަ ތަހުގީގު ކުރަން ފެށުމުން އެކަމާ ގުޅިގެން ރައްޔިތުން ހިޔާލުފާޅުކުރާނެ ކަމަށެވެ. އަދި އެމީހަކަށް ފެންނަ ހިޔާލެއް ފާޅުކުރުމަކީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ބަގަވާތެއް ކުރަން އުޅުނު ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެމައްސަލައާ ގުޅުވައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްތިއުފާ އަށް ގޮވުމަކީ ވަރަށް ޣައިރު ޒިންމާދާރު އަމަލެއް ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީ ގައުމެއް ކަމަށެވެ.
އަދި އިސްތިއުފާއަށް ގޮވުން ނާތަހުޒީބުވާ ކަމަށްވާނަމަ ތަހުޒީބީ ކޮންކަމެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
އެކަމެއް އަމިއްލަ ހިޔާލުގައި އެކަމެއް ބުނެވޭނެއޭ. އޮތް ގޮތަށް. އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލު. ފައްޔާޒަށް ވެސް އެވާހަކަ ގޮވޭނެ. އަޅުގަނޑަށް ވެސް އެވާހަކަ ގޮވޭނެ އަދި އަބްދުއްރަހީމަށް ވެސް އެވާހަކަ ގޮވޭނެ. އެއީ އަޅުގަނޑުމެންގެ ހިޔާލު. އެހާ ބޮޑު ކަމެއް ދިޔާމަ އަޅުގަނޑުމެން ކުރަންޖެހޭ އެކަން. އެއީ މިސަރުކާރަށް އަޑު އިވޭ ކަމަކަށް ނުވޭ. އެއީ ގޮވަންޖެހޭ ސަބަބަކީ މުއިއްޒަށް މިއިން ކަމެއް އެނގިވަޑައިގަންނަވަނީ އަޅުގަނޑުމެން ގޮވަން ފެށީމަ. 7 ގަޑިއިރު ފަހުން 8 ގަޑިއިރު ފަހުން. އެނެއްކާ އެކަމާ ބާކީ ވަގުތު އަވަހާރަ ނުލެއްޕޭނެ އެނގޭތޯ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިގައުމުގައި ކަމެއް ހިނގާކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނީ 7 ނުވަތަ 8 ގަޑިއިރު ފަހުން ކަމަށެވެ.