March 19, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް / މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މާދަމާ 11:00 ގައި ޖަލްސާއެއް

Aishath Naja
އައިޝަތު ނަޖާ
Jan 29, 2024, 05:56 AM
މާލެ ސިޓީ

އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފިއެވެ.

Advertisement

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 11:00 ގައެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ އިއުލާންކޮށްފައިވާ އިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުންކަން ފާހަގަކޮށްލެވެއެވެ.

މަޖިލިހުގެ ޖަލްސާ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ފެށީ ހެނދުނު 9:00 ގައެވެ. އެގޮތުން ކޮމިޓީ ރިޕޯޓު ހުށަހަޅައި މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައި މަޖިލިހުގެ ޖަލްސާ މެދުކަނޑާލީ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް މަޖިލިހުގެ ތަޅުމުގައި ސަރުކާރަށް ނިސްބަތްވާ ކުރީގެ އެމްޑީޕީ މެމްބަރުން ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ ގަޑީގައި ޖަލްސާ ކުރިއަށް ގެންދެވިފައިނުވެއެވެ. އޭގެ ފަހުން އާދިއްތަ ދުވަހުގެ ރޭ ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved