March 24, 2026
Advertisement
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ / ރައީސް އޮފިސް

ފެނަކައިގެ ވަޒީފާގައި ތިބި މުވައްޒަފުންނަކީ ރަށްރަށުގައި މަހަށްދާން ތިބި މީހުން: ސައީދު

Aishath Naja
އައިޝަތު ނަޖާ
Sep 2, 2024, 01:44 PM
މާލެ ސިޓީ

ކުރީ ސަރުކާރުގައި ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފައި ދީފައި ވަނީ ރަށްރަށުގައި މަހަށްދާން ތިބި ފަރާތްތަކަށް ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އަދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެެ ނިންމުންތައް ހާމަކުރުމަށްް އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވަނީ އިންތިޚާބްތަކާ ދިމާކޮށް މިދިޔަ ސަރުކާރުގައި ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން ނަގާފައިވާކަމަށް ވިދާޅުވެފައެވެ.

ބައެއް ކުންފުނިތައް އެއްކޮށްލުމަށް މި ސަރުކާރުން ނިންމެވިކަމަށް ވިދާޅުވެ ސައީދު ވަނީ ވަރަށް ބޮޑަށް ކުރީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

މި ސަރުކާރުންވެސް ވަނީ ކުރީ ސަރުކާރެކޭ އެއްފަދައިން އެެއްވެސް ހައްދެއްނެތި މުވައްޒަފުން ނަގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved