April 7, 2026
Advertisement
ފެނަކަ އެމްޑީ ކަމުން ނަޖާހު ވަކިކޮށްފި
ފެނަކަ އެމްޑީ ކަމުން ނަޖާހު ވަކިކޮށްފި / ސޯޝަލް މީޑިއާ

ފެނަކަ އެމްޑީ ކަމުން ނަޖާހު ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 6, 2026, 04:19 PM
މާލެ ސިޓީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފިއެވެ.

Advertisement

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ކުޅުން އާންމު ކުންފުންޏެެެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާ ފެނަކައިގެން އެމްޑީކަމުން ނަޖާޙު ވަކިކުރަން ޕްރަވައިޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ނަމަވެސް ނަޖާހު އެ މަގާޟުން ވަކިކުރި ސަބަބު ހާމަކޮށްފައިނުވެއެވެ.

މަގާމަށް ނަޖާހު އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހެވެ. އޭގެ ކުރިން އޭނާ ހުންނެވީ، މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާނުގެ ބަފައިބެގެ ކުންފުނި ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ނަޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ.

މިއާ އެކު މިވަގުތު ސަރުކާރުގެ ދެ ކުންފުންޏެއްގައި މެނޭޖިން ޑިރެކްތަރުންގެ މަގާމުވަނީ ހުސްވެފައެވެ. އެއީ ފެނަކައިގެ އިތުރުން ސްޓެލްކޯއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved