March 19, 2026
Advertisement
މެމްބަރުން ރައީސް އޮފީހަށް ވަންނަވަނީ
މެމްބަރުން ރައީސް އޮފީހަށް ވަންނަވަނީ / އަދަދު

މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅުމަށްފަހު ސަރުކާރުގެ މެމްބަރުން ރައީސް މުއިއްޒުގެ އަރިހަށް!

Aishath Naja
އައިޝަތު ނަޖާ
Jan 29, 2024, 06:15 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި ފެށި ޖަލްސާއަށް ސަރުކާރުގެ މެންބަރުން ހުރަސްއެޅުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ނިންމާލުމަށްފަހު އެ މެމްބަރުން ރައީސްގެ އަރިހަށް ވަޑައިގަނެއްޖެއެވެ.

Advertisement

ޖަލްސާ ހުއްޓާލުމަށްފަހު އެ މެމްބަރުން ވަނީ ހިންގަވާފައި ގޮސް ރައީސް އޮފީހަށް ވަދެވަޑައިގަނެފައިވެއެވެ. ލަސް ގަޑިއެއްގައި އަދި ނުރަސްމީ ގަޑިއެއްގައި ރައީސް އޮފީހަށް މި މެމްބަރުން ވަޑައިގެންފައިވަނީ ރައީސް އާއި ބައްދަލުކުރެއްވުމަށްޓަކައެވެ.

ރައީސް އޮފީހުގެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން އެ ބޭފުޅުންނާ ބައްދަލުކުރައްވަނީ ކޮން ބޭފުޅަކާކަން ސުވާލު ކުރުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ދެއްވާފައިނުވެއެވެ.

މި މެމްބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީ ދޫކޮށް ސަރުކާރުން ދިން ރިޝްވަތު ގަބޫލުކޮށް ޕީއެންސީއަށް ދިޔަ މެމްބަރުން ވެސް ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved