ގަވައިދާ ހިލާފަށް ގަރާޖެއްގައި ވިޔަފާރިކުރާ ތަނެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ތަނެއް ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފައިވާތީ އެކަން ބެލި ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ހުންނަ ގަރާޖެއް އިއްޔެ ބަލައި ފާސްކުރި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެމީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ގަރާޖުގައި ހިންގީ ކޮންކަހަލަ ވިޔަފާރިއެއް ކަަމެއް ހާމަކޮށްފައި ނުވެއެވެ.