މި ސަރުކާރުން ހައްލު ކުރަން ބުނި ޑޮލަރުގެ މައްސަލަ ހައްލު ނުވެ، އެމެރިކާ ޑޮލަރުގެ އަގު ކަޅު ބާޒަރުގައި 24.30ރ އަށްވުރެ މައްޗައް އަރައިފި އެވެ.
ތޭރަ އޮންލައިން އަށް މައުލޫމާތު ދެމުން ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތެއް ބުނީ މީގެ ކުރިން އެވްރެޖްކޮށް ޑޮލަރުގެ އަގު ހުރީ 18.10 ރުފިޔާއާއި 18.15 ރުފިޔާއާ ދެމެދުގައިކަމަށެވެ.
ނަމަވެސް މިހާރު ޑޮލަރުގެ އަގު 24.20 ރުފިޔާއާއި 23.30 ރުފިޔާއާ ދެމެދުގައި އުޅޭ ކަމަށެވެ. މި ކުއްލި އަގު ބޮޑުވުމުގެ ސަބަބު އަދި މުޅިން ސާފުވެފައެއް ނުވެއެވެ.
މި އަހަރު ފެށުނުއިރުވެސް ޑޮލަރުގެ އަގު އުޅުނީ 18 ރުފިޔާއިން މަތީގައެވެ. ނަމަވެސް އޭގެފަހުން އަގު ދަށަށް ގޮސް، އަލުން މަތިވެފައިވެއެވެ.
އެވެ.
މިިދިޔަ ހަފްތާގައި ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 22.50ރ އާއި 23ރ އާއި ދެމެދުގެ އަގެއްގައެވެ.
ޑޮލަރުގެ އަގު އުފުލުނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މާގިނަ ދުވަސް ނުވަނީސް އެވެ.
އަދި ހަމައެޔާއެކު ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަަމަށް އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދު ވިދާޅުވި ފަހުންވެސް މިހާރު މި ވަނީ 8 ވަރަކަށް މަސް ވެފައެވެ.
ސަރުކާރަށް ވައުދު ނުފުއްދެވި ފެނިގެން މިދަނީ ދުވަހެއް ދުވަހަކަށް ޑޮަލަރުގެ އަގު ބޮޑުވެގެެންދާ މަންޒަރެވެ.