April 22, 2026
Advertisement
ބިދޭސީން
ބިދޭސީން / ސޯޝަލް މީޑިއާ

ބިދޭސީންގެ ނުދައްކާ ހުރި ފީތައް، ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދެނީ

Aminath Zara
އައިމިނަތު ޒާރާ
Sep 3, 2024, 12:33 AM
މާލެ ސިޓީ

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދު ނަމަ ބަހާލައިގެން އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދީފިއެވެ.

Advertisement

ހޯމް މިނިސްޓްރީން މިއަދުު ކުރި އިއުލާނުގައި ވަނީ ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 100،000 ރުފިޔާއަށްވުރެ މަދުނަމަ، 16 ސެޕްޓެންބަރުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރުމަށް އަންގާފައެވެ.

އެ ތާރީޚުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިޢުލާން ކުރާނެ ކަމަށާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އެ ފަރާތްތަކަށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިއުލާނުގައިވާ ގޮތުން މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުމުން ލިބޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved