March 19, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި / ތޭރަ އޮންލައިން

9 މަހާ 10 ދުވަސްކޮށް ގަރުބަގަނެ ސަރުކާރު ވިހެއި އިރު، މިނިވަންކަމާ ސިޔާދަތު ކަށަވަރުކުރަން ކުރިކަންކަން ހާމަކުރަން ޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 3, 2024, 02:45 AM
މާލެ ސިޓީ

ގައުމުގެ ސިޔާދަތާ މިނިވަންކަން ރައްކާތެރިކުރަން 9 މަސް ތެރޭ މި ސަރުކާރުން ކުރި ކަންކަން ހާމަކުރަން ޖެހޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓް އޮފީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން. ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދިން މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކޮށްދޭނެކަމަށް ވީ ވައުދު ހިމެނޭ ކަމަށެވެ.

އެގޮތުން ވިއްކާލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށާ އަދި އިންޑިއާ ސިފައިން މި ގައުމުން ބާލުވާނެކަމުގެ ވައުދު ރައީސް މުއިއްޒުވެވަޑައިގެންނެވުމުން އެކަމުގައި މުގާބިލުގައި އެމަނިކުފާނަށް ވޯޓު ދިނީ ޕީޕީއެމްގެ މެމްބަރުން ކަމަށާ ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު ކުރިން ބުނި އެތި ކެންސަލް ކުރެއްވުމަށް ފަހު ވައުދާ އަހުދުތައް އޮޅުވާލައްވާފައިވާކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރު 9 މަހާ ދިހަ ދުވަސްކޮށް ގަރުބަ ގަނެ ވިހެއި އިރު ގައުމުގެ މިނިވަންކަން ކަށަވަރުކޮށް ދިފާއު ކޮށް، ސިޔާދަތު ރައްކާތެރިކުރަން އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިކަން ހާމަކޮށް ބުނެދޭން ޖެހޭ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަށް ފުރަތަމަ ދެ ހަފްތާ ތެރޭގައި، އިންޑިއާ ސިފައިން ބޭލުމާ އަދި ވިއްކާލި ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރާކަމުގެ ދަޅަތަކެއް ސަރުކާރުން ދެއްކެވި ކަމަށާ ނަމަވެސް އޭގެ ފަހުން ރައީސް މުއިއްޒުގެ ބަހާ އަމަލު ތަފާތުވަމުން ދިޔަ މަންޒަރު ފެންނަން ފެށިކަމަށެވެ.

މިނިވަންކަމާ ސިޔާދަތު ރައްކާތެރިކުރަން މި ސަރުކާރުން ކުރި ކަންކަން ހާމަކުރުމަށް ރައީސް ޔާމީން ގޮވާލެއްވިިއިރު، މި ގައުމުން އިންޑިއާގެ މިލިޓަރީ ބޭރުކުރަން އެމަނިކުފާނު ފެއްޓެވި "އިންޑިއާ އައުޓު" ހަރަކާތް ކުރިއަށް ނުގެންދެވޭނެކަމުގެ އިންޒާރު ރައީސް މުއިއްޒު ދެއްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved