March 23, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މި ސަރުކާރުން ގެންދަނީ ދޮގުން ނެއްޓެން ވެސް ދޮގު ހަދަމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 3, 2024, 04:00 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ދޮގުން ރެކެން ވެސް ދޮގު ހެދުން އިސްކުރަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓު އޮފީހުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައްޔިތުންނަށް ވައުދުތަކުގެ ފުންޏެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށާ ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުުން އެ ވައުދުތަކުގެ ހަނދާން ނެތިއްޖެ ކަމަށެވެ.

މީގެ އިތުރުން މި ފަހަކަށް އައިސް ގައުމުގެ ހާލަތާ އަދި ސަރުކާރުން ކުރަމުން ގެންދާ އެކި އެކި ޏޭދެވޭ ކަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު އިތުރުފުޅު ހައްދަވަމުން ގެންދާވާ ކަމާ އަދި އެފަދަ ކަންކަމުގެ ދިފާއުގައި ސަރުކާރުގެ ވެރިންނާ އަދި މަޖިލިސް މެމްބަރުން މެދުވެރިކޮށް ވެސް މީސް މީޑިޔާގެ އެކި މަންސަތަކުގައިވެސް ލިޔުއްވާކަމަށެވެ.

މި ސަރުކާރުން ގެންދަނީ ދޮގުން ނެއްޓެން ވެސް ދޮގު ހަދަމުން. ރައްޔިތުންގެ އިތުބާރު ބޭނުން ނަމަ ވެރިންގެ ބަހާ އަމަލާ ދިމާވާން ވާނެ.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުގައި ތެދަށް ވުރެ ދޮގު އިތުރު ކަމަށާ އެއާ އެކު ރައްޔިތުންގެ އިތުބާރު ގެއްލިފައިކަމަށެވެ. އަދި ސިޔާސީ މީހުން ދެކެ ރައްޔިތުން ފޫހިވަނީ ފޫހިވާން ޖެހިގެންކަން ރައީސް މުއިއްޒު ވިދާޅުވާ ފަދައިން ހާމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved