ތާލިބު / ތޭރަ އޮންލައިން
ސިޔާސީ
ގައުމުގެ ސިޔާދަތު ކަށަވަރުކުރުމަށް ރައީސް މުއިއްޒު ވީ ވައުދު ނުފުއްދުނު: ތާލިބް
Aminath Zara
އައިމިނަތު ޒާރާ
03 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ކެމްޕޭން ކުރައްވަމުން ގެންދެވިއިރު ދައްކަވަމުން ގެންދެވި އެންމެ ބޮޑު އެއް ވާހަކައަކީ މި ގައުމުން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިރާއްޖެއަށް ހޯދާ ދިނުން ކަމަށް ވާއިރު، ރައީސް ވެވަޑައިގެންނެވި މި ވައުދު ކަށަވަރު ނުކޮށްދެވުނު ކަމަށް ގާނޫނީ ވަކީލު އަހްމަދު ތާލިބު ވިދާޅުވެއްޖެއެވެ.

ތާލިބު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތާލިބު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލުން ކަމުގައިވާއިރު، ރައްޔިތުން ފޮނި އުއްމީދާއި އެކު ވޯޓު ދިނީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު މުއިއްޒު އަށް ކޮށްގެން ކަމަށް ތާލިބު ފާހަގަކުރެއްވިއެވެ. ނަމަވެސް ކަނޑުގެ ސަރަހައްދަށް ވީ ގޮތެއް ނުވަތަ އެ ސަރަހައްދު އަލުން ހޯދުމަށް ކުރަމުންދާ އެއްވެސް މަސައްކަތެއް ސަރުކާރުން ހާމަކޮށްފައިނުވާ ކަން ތާލިބު ވިދާޅުވިއެވެ.

ވެރިކަން ލިބޭތާ 14 ހަފްތާ ތެރޭގައި ކަނޑުގެ ސަރަހައްދު ހޯދާނެ ކަމަށް މުއިއްޒު ވައުދުވެފައިވާއިރު، ފެނިގެންދަނީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިހުނަށްވުރެ ގަދަކުރި މަންޒަރު ކަމަށް ތާލިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެފުށް ފެންނަ ވެރިކަމެއް ގާއިމުކުރާން ވައުދުވިއިރު، އިންޑިއާގެ އަސްކަރީ އޮފިސަރުންގެ މައުލޫމާތުވެސް ސިއްރުކޮށް، އެ އަދަދުތަކާއި މެޝިނަރީޒްގެ މައުލޫމާތުތައް އަދިވެސް ދަނީ އޮޅުވާލަމުން ކަމަށް ތާލިބު ވިދާޅުވިއެވެ.

ބަހާއި އަމަލާއި ދިމާވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ހުވާ ކުރި ދުވަހުން ފެށިގެންވެސް ފެނިގެން ދަނީ ދުވަހަކުވެސް ރައްޔިތުންނަށް އަދި ގައުމަށް ޣައްދާރުނުވާ ވަރަށް ބަހާއި އަމަލު ދިމާނުވާ މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved