March 24, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީންގެ މެނިފެސްޓޯ ވިއްކައިގެން: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Sep 3, 2024, 04:14 PM
މާލެ ސިޓީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުގައްދަސް، އެންމެ މުހިއްމު ވައުދަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށާއި ނަމަވެސް ވެރިކަން ލިބުމާއިއެކު މުއިއްޒުގެ އަސްލު ސިފަ ރައްޔިތުންނަށް މިހާރު ހާމަވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މުއިއްޒު ވެރިކަމަށް ރައީސް ޔާމީންގެ މެނިފެސްޓޯ ވިއްކައިގެން ކަމަށާއި ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކަށްވީ އެމަނިކުފާނު މިނިވަން ކުރުން ކަމުގައި ވީއިރު، މުއިއްޒުއަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ހުއްޓުމެއްނެތި 05 އަހަރު ގިނަ ތަހައްމަލުތަކާއި ކުރިމަތިލާ އެންމެ ގިނަ ގޮންޖެހުންތަކެއް ދިމާވި ރައީސް ޔާމީން މިނިވަން ކުރުމުގެ ވައުދާއި މެދު މުއިއްޒު އަމަލުކުރެއްވި ގޮތުން އެކަނިވެސް މުއިއްޒުގެ އިޚުލާސްތެރިކަން ހުރި މިންވަރު ހާމަވާނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ޕީޕީއެމް އަކީ ރައީސް ޔާމީންގެ މަސައްކަތްޕުޅު ކަމަށް ޖަމީލް ފާހަގަކުރައްވާ އިތުރަށް ވިދާޅުވީ މިފަދައިން އޮޅުވާލާ ވެރިކަމަށް އައިސް ޚިޔާނާތްތެރިވުމަކީ އެ ވެރިކަމަށް ސައްހަ ނުވާނެ ކަމެއް ކަމުގައެވެ.

މީގެ އިތުރުން، މުއިއްޒުގެ ބަހާއި އަމަލާއި، ދައްކަވަން އުޅޭ މަންޒަރު ސާފުނުވާ ކަމަށާއި، މުއިއްޒުއަކީ އެއްވެސް އިތުބާރެއް އޮތް މީހެއް ނޫން ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved