ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ
ހަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Aminath Zara
އައިމިނަތު ޒާރާ
03 ސެޕްޓެމްބަރު 2024
މާލެ ސިޓީ

މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުގެ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ.

“ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ” މެޓުން ބުނެފައިވެއެވެ.

މިއަދު ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމުގައި މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން، ރ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved