March 24, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަލީހްގެ ސުވާލެއް ރައީސް މުއިއްޒަށް: ސިންގަޕޫރުން ގެނެސްގެން ތި އުޅުއްވަނީ ކޮން ބޭފުޅެއް؟

Aishath Naja
އައިޝަތު ނަޖާ
Sep 4, 2024, 02:04 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފި އެވެ.

Advertisement

މަލީހް ސުވާލު އަމާޒުކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި މަލީހް ވަނީ މިވަގުތު އަބޫދާބީގައި ހާރިޖީ ވަޒީރު މޫސާ ޒަމީރާ މަޖިލިސް ރައީސް އަބްދުއްރަހީމް (އަދުރޭ) ކުރައްވަމުން ގެންދަވާ ކަންތައް ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށެވެެ.

އަދި އެކަން ރައީސް މުއިއްޒުވެސް ޖާސޫސް ކުރައްވައިގެން ބަލާނެކަމަށް އުންމީދު ކުރާކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އަދި އޭގެއިތުރުން މަލީހް ވަނީ ސިންގަޕޫރުން ރާއްޖެ އައިސްގެން އުޅުއްވަނީ ކޮންބޭފުޅުއް ކަމާއި ކުރައްވަނީ ކޮންކަމެއްތޯ އައްސަވާފައެވެ.

މި ސަރުކާރުގެ ވެރިންގެ ކިބައިގައި ހުންނަ ނޭދެވޭ އަމަލުތަކުގެ ވާހަކައަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved