March 19, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް / މަޖިލިސް

11 ޖަހާއިރަށް ތާވަލްކުރި މަޖިލިސް ޖަލްސާ 1 ޖަހާއިރަށް ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2024, 03:42 PM
މާލެ ސިޓީ

ވަޒީރުންނަށް ރުހުން ދިނުމަށް ތާވަލުކުރި މިއަދުގެ ޖަލްސާ ކުރިއަށްނުގެންދެވި ނިންމާލުމާ ގުޅިގެން އަނެއްކާ ވެސް ތާވަލްކުރި ޖަލްސާގެ ވަގުތު ފަސްކޮށްފިއެވެ.

Advertisement

އެގޮތުން ހެނދުނު 11:00އަށް ތާވަލްކުރި ޖަލްސާ މިހާރު ވަނީ މެންދުރު 1:00އަށް ފަސްކޮސްފައިކަމަށް މަޖިލީހުން ވަނީ މައުލޫމާތު ދީފައެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ހިމަނައި އިއްޔެ ވެސް ވަނީ ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވައިފަ އެވެ. ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ ބޭއްވެނެ ހާލަތެއް ނެތިގެން އިއްޔެގެ ޖަލްސާ ނިންމާލީ ރޭ 10 ޖެހި ފަހުންނެވެ.

މިއަދަށް ތާވަލްކުރި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

މަޖިލީހުގެ އިދާރާއިން އެޖެންޑާ އާންމުކޮށްފައިވާއިރު ހިނގައި ދިޔަ ކަންތަކާ ގުޅިގެން ރުހުން ނުލިބޭނެ ވަޒީރުންގެ އަދަދު ގިނަ ވާނެ ކަމުގެ އިންޒާރު އެމްޑީޕީއިން ވަނީދީފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved