ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހަރަކާތްތެރިވާ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ ޓާސްކުފޯސްއަށް ލިބުނު މައުލޫމާތެއްގެ އަލީގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެތައް ލައްކަ ރުފިޔާއަކާއި ގިނަ އަދަދެއްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ވަނީ ފެނިފައި ކަމަށެވެ.
އިމިގްރޭޝަންގެ މި ޓާސްކްފޯސްއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި ގަވާއިދާ ހިލާފު ކަންތައް ކުރަމުންދާ ބިދޭސީން ހޯދައި އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓް ކުރަމުންނެވެ.
އެގޮތުން ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ވެސް ޓާސްކްފޯސްއިން އަންނަނީ ހުއްޓުވައި، އެތަންތަން ބަންދުކޮށް ނުތާހިރުކޮށް ހިންގާ ތަންތަން ވެސް ހުއްޓުވަމުންނެވެ.