April 23, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް، އިލެކްޝަންސް ކޮމިޝަނުގައި
މުހައްމަދު މަލީހު ޖަމާލް، އިލެކްޝަންސް ކޮމިޝަނުގައި / ތޭރަ އޮންލައިން

މާރާމާރީއަށް ފަހު ރައީސް އޮފީހަށް ސައިފޮދުހިއްޕަވަން: މިއީ ޤައުމިއްޔަތު ކުރިއެރުވުންތޯ؟

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 29, 2024, 06:55 PM
މާލެ ސިޓީ

ވަޒީރުންނަށް ރުހުން ނުދޭ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގައި މާރާމާރީ ހިންގުމަށްފަހު، ސައިފޮދު ހިއްޕަވަަން ރައީސް އޮފީހަށް ވަޑައިގަތީ ގައުމިއްޔަތު ކުރިއަރުވަންތޯ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އައު ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ، މުހައްމަދު މަލީހު ޖަމާލް ސުވާލު އުފައްދައިފިއެވެ.

Advertisement

ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެ އާދިއްތަ ދުވަހު ދައުރުން ބޭރުން ބާއްވާފައިވާ އެއްވެސް މަޖިލީހެއް ކުރިއަށް ގެންދިޔަ ނުދީ ވަނީ އެތައް ހަަމަ ނުޖެހުންތަކެއް ހިންގާފައެވެ.

އޭގެ ތެރޭަގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެމްޑީޕީގެ ކުރީގެ މެންބަރުން ކަމަށްވާ މިހާރުގެ ސަރުކާރުގެ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.

އެއަށް ފަހު އެ މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ.

މިކަމާއި ގުޅުވައި ފާޑުވިދާޅުވެ، މަލީހު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤައުމިއްޔަތު ކުރިއަރުވާ ގޮތްތޯ ސުވާލު އުފައްދާފައިވެއެވެ.

މީގެ އިތުރުން، މަލީހު ވަނީ އެ މެންބަރުން މަޖިލީޙުގެ ތަޅުމުގެ ތެރެއިން ހިންގި އަމަލު ތަކަކީ ވަރަށް ލަދުވެތި ހުތުރު އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެ ފާޑު އަމާޒުކޮށްފައިވާ އިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ އެ މެނަބްރުންނަށް ފާޑު އަމާޒުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އަހުމަދު
Jan 29, 2024, 10:31 PM
އަޅެ ފަހެ މީނާއަށް ވަޒީރުކަން ނުލިބުނީމަ ހާދަ އަަސަރެއް ކުރޭދޯ......?
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved