ޖަލްސާއެއްގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ
ހަބަރު
އެންމެ ގިނަ ޒުވާން ޚަތީބުން އިމާމްވެ ހުކުރު ކުރީ މިއަދު!
Aminath Zara
އައިމިނަތު ޒާރާ
06 ސެޕްޓެމްބަރު 2024
މާލެ ސިޓީ

އެންމެ ގިނަ ޒުވާން ޚަތީބުން އިމާމްވެ ހުކުރު ކުރި ދުވަހަކަށް މިއަދު ވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ދަނީ ކުރިއަށެވެ. މި ޕްރޮގްރާމްތައް ނިންމާ، މިހާރުވެސް މާލޭގެ މިސްކިތްތަކުގައި ޒުވާން ޚަތީބުން ދަނީ އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދަކީ މި ފަހުގެ ތާރީހެއްގައި މާލެ ސަރަހައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދު ކުރި ދުވަހެއް ކަަމަށެެވެ.

މިއަދު ހުކުރު ނަމާދުގައި 12 ޒުވާން ޚަތީބުން ބައިވެރިވެފައި ވެއެވެ.

ޒުވާން ޚަތީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އެތައް ކުދިންނެއް މި ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލް ކޮށްފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved