ރައީސް އިބްރާހިމު މުހައްމަދު ސޯލިހު 1 އޮކްޓޯބަރު 2023ގައި ބޭއްވެވި ކެބިނެޓު ބައްދަލުވުމުގެ ޔައުމިއްޔާ، ކެރިވަޑައިގަންނަވާ ނަމަ ހާމަކޮށްދެއްވުމަށް ގޮވާލައްވާ ޕިއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ރައީސް ޑރ މުހައްމަދު މުއިއްޒަށް ޗެލެންޖެއް ކުރައްވައިފިއެވެ.
މަލީހު ރައީސް މުއިއްޒަށް ޗެލެއްޖެ ކުރެއްވީ، ހޯމަ ދުވަހުގެރޭ ޕީއެންއެފުން ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް މުއިއްޒު، ސަންގު ޓީވީއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދެއްވުމަށް އިންތިޚާބަށް ފަހު ވަރަށް ވެސް ގިނައިން އެދިވަޑައިގެންނެވި ކަމަށާ އަދި އެމަނިކުފާނުގެ ފޯނުގައި ވެސް އެ ކަމުގެ ހެކި އެބަ ހުރި ކަމަށެވެ.
ރައީސް މުއިއްޒުގެ މި ވާހަކަތަކަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، އޭނާ ކުރިން ވެސް ވާނީ ރައީސް މުއިއްޒު ރައީސް ސޯލިހުއާ ރައީސް އޮފީހުގައި އިންތިގާލީ މަރުހަލާގައި ބައްދަލުކުރެއްވުމަށް ފަހު ރައީސް ޔާމީން ގެއަސް ބަދަލުކުރަނީ ރައީސް މުއިއްޒު އެދިވަޑައިގެން ކަމަށް ވިދާޅުވި ވިދާޅުވމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާފައި ކަމަށެވެ.
އެގޮތުން މަލީހުވަނީ އިންތިގާލީ މަރުހަލާގައި ރައީސް މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ނުކުރަން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ އަރިހުގައި އެދިފައި ކަމަށާ އެކަން 1 އޮކްޓޯބަރ 2023ގެ ކެބިނެޓު ބައްދަލުވުމުގެ ޔައުމިއްޔާއިން ހާމަވާނެ ކަމަށާ އެ ޔައުމިއްޔާ ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެތޯ އައްސާވާފައެވެ.
މިހާރު ދެން ޔައުމިއްޔާ ވެސް އޮންނާނެ އަތު ޖެހޭ ހިސާބުގައި ތިޔަހާ ރައިސް ޔާމީނަށް އިކްލާސްތެރިއްޔާ ޔައުމިއްޔާ ހާމަކޮށްދެއްވާ. އޭރުން ރައްޔިތުންނަށް އެނގޭނެ ރައީސް ސޯލިހު ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ފަހު ކެބިނެޓުގައި ދެއްކެވި ވާހަކަތައް
މަލީހު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާދީ އެމަނިކުފާނު އެކަހެރި ކުރުމަކީ ޕީޕީއެމް ޕިއެންސީ ތެރޭގައި އޭރު ތިބި ލީޑަރުންގެ އަބަދުވެސް ރޭވުމެއް ކަމަށާ އެހެން ނަމަވެސް ސިޔާސީ ގޮތުން ރައީސް ޔާމީން ބަލިކަށިކޮށް ލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.