ރާއްޖެ ސަރަހައްދުން އިސްރާއިލްގެ ބޯޓަކަށް ހަމަލާއެއްދިން ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެންއެންޑީއެފް އިން ބުނެފިއެވެ.
އިސްރާއިލްގެ ތެޔޮ ބޯޓަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެފަދަ ހަމަލާއެއް ދިން ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެބޭފުޅުން ވިދާޅުވީ އަދި މިހާތަނަށް ބެލި ބެލުމުން މި ހަބަރުގައިވާ ބައެއް މައުލޫމާތާއި ފޮޓޯއަކީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މައުލޫމާތާއި ފޮޓޯކަން ހާމަވެފައިވާ ކަމަށެވެ.
އަދި ހަމައެހެންމެ މިފަދަ ކަމެއް ރާއްެޖެ ކައިރިން ހިގި ކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތް ކަމަށާއި މައުލޫމާތު ހިއްސާކުރާ ސަރަހައްދީ އިދާރާތަކުންވެސް އެފަދަ ރިޕޯޓެއް ލިބިފައިވާ ކަމުގެ އެއްވެސް މައުލުމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ކަނޑުގެ ސަރަހައްދު ކައިރިން އެފަދަ ހާދިސާއެއް ހިނގިކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރުތަކަކީ ސައްހަނޫން ހަބަރުތަކެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
އެފަރާތްތަކުން ބުނީ އަދިވެސް އިތުރަށް މިކަން ބަލަމުން އަންނަ ކަމަށެވެ.