February 26, 2026
Advertisement
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ރޭސިން އެސޯސިއޭޝަނަށް ހުޅުމާލޭން ދީފައިވާ ހުއްދަ ބާތިލްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Sep 7, 2024, 07:38 PM
ހުޅުމާލެ

ހުޅުމާލޭގައިި ރޭސިން އެސޯސިއޭޝަނަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

Advertisement

ފަޒުލް މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފައިވާ ހުއްދަ ބާތިލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް މުހައްމަދު މުއިއްޒު އެންގުމުންނެވެ.

ރައީސް މުޢިއްޒު މިފަދަ އެންގެވުމެއް އެންގެވީ ހުޅުމާލޭގައި ރޭސް ކުރާ ކާރަކުންޖެހި ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.

މިކަމާ ގުޅުވާ ފަޒުލް މީސްމީޑިއާގައި ވިދާޅުވީ ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި ދީފައިވާ ހުއްދަ ބާތިލްކޮށް އެފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ.

ރޭސިން އެސޯސިއޭޝަނަށް ހުޅުމާލޭން ދޫކޮށްފައިވާ ހުއްދަ ބާތިލު ކޮށްފައިވާއިރު ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު މޮނިޓަރ ކުރުމާއި، އުޅަނދުގެ އަސްލަށް ބަދަލު ގެނެސްގެން ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މުއިއްޒު ވަނީ ރޭ އަންގަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved