May 8, 2026
Advertisement
ޖަނާހް އަދި ރައީސް މުއިއްޒު
ޖަނާހް އަދި ރައީސް މުއިއްޒު / އެޑިޝަން.އެމްވީ

ޖަނާހުއަށް ހުޅުމާލެއިން ބޮޑު ބިމެއް ދީފި!

Aishath Naja
އައިޝަތު ނަޖާ
Sep 8, 2024, 01:38 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު, މުހައްމަދު އަލީ ޖަނާހު އަށް ހުޅުމާލޭ ސަރަހައްދުން ބޮޑު ބިމެއް ދީފިއެވެ.

Advertisement

ޖަނާހު އަށް ހުޅުމާލޭން ދިނީ ސެންޓްރަލް ޕާކް ކުރިމަތިން އުރީދޫ ބިލްޑިންއާ ޖެހިގެން ހުޅަނގަށް އޮތް 300،000 އަކަފޫޓުގެ ބިމުން ގާތްގަނޑަކަށް 100،000 ފޫޓުކަން ފާހަގަކޮށްލެވެއެވެ.

އެ ބިން ޖަނާހު އަށް ދީފައި ވަނީ މަތީފަންތީގެ ޝޮޕިން މޯލެއް ހެދުމަށެވެ. އެ މޯލްގެ ކޮންސެޕްޓުގައި އޮތީ އެކި ހަރަކާތްތަކަށް ބޮޑު ހުސް ޖާގައެއް ބާއްވާ ގޮތަށެވެ.

މި މުއާމަލާތް ހިނގާފައި ވަނީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހުގައެވެ. މައުލޫމާތު ލިބުނު ގޮތުގައި ހުޅުމާލޭން އިތުރު ބިންތަކެެއް ވެސް ޖަނާހު އަށް ދިނުމަށް ރައީސް މުއިއްޒު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved