March 24, 2026
Advertisement
ޑްރަގު ނެޓު ވޯކާ ގުޅުން އޮތް ކަމަށް ބުނާ ދެމީހުން
ޑްރަގު ނެޓު ވޯކާ ގުޅުން އޮތް ކަމަށް ބުނާ ދެމީހުން / ތޭރަގްރެފިކްސް

ޑެޕިއުޓީ މިނިސްޓަރަކާ ޑީއެމްއަކާ ގުޅިގެން ޑްރަގު ނެޓުވޯކެއް ހިންގަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 8, 2024, 09:59 PM
މާލެ ސިޓީ

ސިޔާސީ ދެ މުވައްޒަފަކާ ގުޅުން އޮތް މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މައްސަލަ ފެންމަތިވެފައިވަނީ ގދ. ވާދޫއިންނެވެ.

ނަން ހާމަނުކުރުމަށް އެދި ތޭރަ އޮންލައިނަށް ވާދޫ އިން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ މަސްތުވާ ތަކެތީގެ އެ މައްސަލައިގައި ހިމެނެނީ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޠާރިފު މުހައްމަދުއާ އަދި ފެނަކައިގެ ޑެޕިއުޓީ މެނޭޖަރ ސާމިޚު އަހުމަދު ކަމަށެވެ.

ސާމިޚުއާ ޠާރިފުއާ ވެގެން ރަށުގައި ޑްރަގު ނެޓުވޯކެއް ހިންގާ ކަމަށާ ދާދި ފަހުން އެ ރަށުގައި އެ ނެޓްވޯކުގައި ހިމެނޭ މީހުންގެ މެދުގައި މާރާމާރީ އެއްވެސް ހިންގާފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މާރާ މާރީ ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުުތެއް ކަމަށާ އެ މާރާމާރީގެ ތެރޭގައި އެއިން އެކަކުގެ އަތަށް ވަޅި ހެރި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށްވެސް އެމީހާ ވަނީ "ތޭރަ އޮންލައިން"އަށް ކިޔައިދީފައެވެ.

ޠާރިފުއަށް ހަމަލާދިން އެ މާރާމާރީގެ ތެރެއިން ސާމިޚު ވަނީ އެތަނުން އެކަކުގެ ގައިގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށްފައިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މާރާމާރީ ހިނގާފައިވަނީ މަސްތުވާ ތަކެތީގެ ޕޭމަންޓެއް ހަމަ ނުޖައްސައިގެން ކަމަށާ މި ނެޓުވޯކުގައި ގިނައިން ހިމެނެނީ ފެނަކައިން ވަޒީފާ ދީފައި ތިބި މުވައްޒަފުންތަކެއް ކަމަށް ވެސް އެމީހާ ވަނީ ކިޔައިދީފައެވެ. މިކަމުގެ އެންމެ އަޑީގައި ހުރީ ރެޑް ހޭންޑްކޮށް ޑްރަގާއެކު ހައްޔަރުކޮށް ފުލުހުންގެ ވަޒީފާއިން ވެސް ކަނޑާލާފައި ހުއްޓާ ފެނަކައިގެ ޑީއެމްގެ މަގާމު މިހާރު ދީފައި ހުރި ސާމިޚުކަމަށްވެސް ވަނީ ކިޔައިދީފައެވެ.

މައުލޫމާތު އިތުރަށް ލިބިފައިވާ ގޮތުގައި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައްކުކުރާ ގޮތުގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޠާރިފު އާ އޭނާގެ ބޭބެ ހުސެއިން ނަޝީދުގެ ވެސް ބައިވެރިވުން އޮވެގެން ވާދޫއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކޮށްލުމުން ވަކި ޖަވާބެއް އަދި ލިބިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved