February 26, 2026
Advertisement
ރައީސް އޮފީހުގެ މިނިސްޓަރު ނާސިރު އަނބިކަނބަލުން ރައިހާނާއާއެކު
ރައީސް އޮފީހުގެ މިނިސްޓަރު ނާސިރު އަނބިކަނބަލުން ރައިހާނާއާއެކު / ސޯޝަލް މީޑިއާ

ރައީސް އޮފީހުގެ މިނިސްޓަރު ނާސިރުގެ އަންހެނުންނަށް ވެސް މަގާމެއް!

Aishath Naja
އައިޝަތު ނަޖާ
Sep 9, 2024, 02:11 AM
މާލެ ސިޓީ

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަންހެނުންނަށް ތުރުކީގެ ދިވެހި އެމްބަސީން އިސް މަގާމެއް ދީފިކަން ހާމަވެއްޖެ އެވެ.

Advertisement

މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަންހެނުން އައިޝަތު ރައިހާނާ އައްޔަނު ކުރައްވާފައިވަނީ ސްޕެޝަލް ކައުންސެލް ޓު ދި އެމްބެސެޑަރ ގެ މަޤާމަށެވެ.

އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް ގައިއެވެ.

ރައިހާނާ ކުރިން ހުންނެވީ މުލިއާގޭގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަޤާމުގައެވެ.

ސިޔާސީ މަގާމުގެ އަދަދު 700 އަށްވުރެެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު މަގާމްތަކަށް މީހުން އައްޔަންކޮށްފައި ވަނީ އެއްވެސް ހައްދެއް ނެތިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved