February 26, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ޖަލްސާއެއް މިރެޭ!

Aishath Naja
އައިޝަތު ނަޖާ
Sep 9, 2024, 02:51 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މިރޭ އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން ހާމަކޮށްފައިވާ ގޮތުގައި 9 ސެޕްޓެމްބަރ ހޯމަ ދުވަހުގެ ރޭއެވެ. މިރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް އެ ޕާޓީއިން ވަނީ މައުލޫމާތު ދީފައިއެވެ.

މި ޖަލްސާގައި ރާާއްޖޭގައި ހުރި މައްސަލަތަކަށް ބަލާ ކަމުވޮށިގެންވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ޕިއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved