March 23, 2026
Advertisement
މަލްޝާ އަދި ޝިއުނާ
މަލްޝާ އަދި ޝިއުނާ / ސޯޝަލް މީޑިއާ

ފާޑުކިޔުންތައް އަމާޒުވާތާ އެތައް ދުވަހެއް ފަހުން ޝިއުނާއާ މަލްޝާ އިސްތިއުފާ ދީފި

Sep 10, 2024, 06:17 PM
މާލެ ސިޓީ

ސަސްޕެންޝަންގައި ތިބެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގަމުން ދިޔަ މަރިޔަމް ޝިއުނާ އާ މަލްޝާ ޝަރީފު އިސްތިއުފާ ދީފިއެވެ.

Advertisement

"ތޭރަ އޮންލައިނަށް" ވަނީ ސަސްޕެންޝަނުގައި ތިބި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން، މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދީފައިވާކަން ކަށަވަރުވެފައެވެ. މަލްޝާ ވަނީ އޭނާގެ އިސްއިއުފާގެ ވާހަކއަކީ ތެދެއްކަމަށްވެސް މައުލޫމާތު ދިފައެވެ.

ޝިއުނާ އާ މަލްޝާ އިސްތިއުފާދީފައި މިވަނީ ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް ތިބެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގަމުން އަންނަ ޖެނުއަރީ މަހު އިންޑިއާ އިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ އެކު ސޯޝަލް މީޑިއާގައި ކުރި ޓްވީޓުތަކެއްގެ މައްސަލައިގައެވެ. އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން މޯދީ އަށް އިހްތިރާމް ކުޑަކޮށް، އެ މީހުން ވަނީ ފާޑުކިޔާފައެވެ.

ޝިއުނާ އާއި މަލްޝާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް ވެސް ހުރީ މުސާރަ ހިނގާ ގޮތަށް މަގާމުން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް މަހްޒޫމު އަދި އިސްތިއުފާ ދިފައިވާކަމެއް ސާފުނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved