ޝިއުނާ / ސޯޝަލް މީޑިއާ
ހަބަރު
ސަސްޕެންޝަންގައި ހުރި ޝިއުނާގެ އަނގަ މާ ބޮޑުވާތީ ނޫސްވެރިޔާ ސުލެއިމާންގެ ވަރުގަދަ ރައްދެއް!
25 އޯގަސްޓު 2024
މާލެ ސިޓީ

ސަސްޕެންޝަންގައި ހުރެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގަމުންދާ، ޒުވާނުންގެ ވަޒީރުގެ ނައިބު މަރިޔަމް ޝިއުނާގެ އަނގަ މާ ބޮޑުވާތީ ނޫސްވެރިޔާ އަލީ ސުލެއިމާންގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވައިފިއެވެ.

ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުން ކަމަށް ބުނެ، މިއަދު ބީއެމްއެލްއިން ނިންމި ނިމުމަކާ ގުޅިގެން ސުލައިމާނު އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރެއްވިއެވެ.

އެ ޕޯސްޓުގައި ސުލައިމާން ވަނީ، މިއަހަރު ރާއްޖެ އައި ކަމަށް ބުނާ 1.3 މިލިއަން ފަތުރުވެރިން ރިސޯޓުތަކަށް ފައިސާ ދެއްކީ ދިވެހި ރުފިޔާއިން ނވަތަ ވަކި ލާރިންތޯ ސުވާލު އުފައްދާފައެވެ. އަދި މަހުޖަނުން ދިވެހި އިގްތިސޯދަށް ނުވެއްދި ޑޮލަރު އަތުލެވޭނެ ގާނޫނެއް ހަދާ ތަންފީޒުކުރާނެ ހިތްވަރު ސަރުކާރުގައި އެބަހުރިތޯވެސް އަހާ ސުލައިމާން ވަނީ ސުވާލުކޮށްފައެވެ.

ސުލައިމާންގެ ސޯޝަލް މީޑިޔާ ޕޯސްޓު

ސުލައިމާންގެ މި ޕޯސްޓަށް، ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް ހުރެ މުސާރަ ނަގަމުންދާ ޝިއުނާ ވަނީ، އިގްތިސޯދީ ކަންކަން މެނޭޖުކުރާ ގޮތް ނޭނގެންޏާ ސުލައިމާން މަޑު ހުރުން ބުއްދިވެރިވާނެ ކަމަށް ބުނެފައެވެ.

ޝިއުނާއަށް ރައްދުދީ ސުލައިމާން ބުނެފައިވަނީ އޭނާ ހުރީ މަޑުން ކަމަށެވެ. އަދި ބުނެފައިވަނީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އަބަދުވެސް ގައުމުގެ އިގްތިސޯދު ފެންނަނީ ހައެއްކަ މަހުޖަނުންގެ އަންބޮޑީގައި އޮންނަ މަންޒަރު ކަމަށާ އެފަދަ މަހުޖަނުން ގައިގައި އަތްލަން ކެރުނު ހަމައެކަނި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved